ސައިކަލެއްގެ މަޑިދަށުން މަސްތުވާތަކެތި ފެނިގެން 24 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފި

ސައިކަލެއްގެ މަޑިދަށުން މަސްތުވާތަކެތި ފެނިގެން 24 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފި

Author
ހުސައިން
03 އޭޕްރިލް 2025 10:23
0

ސައިކަލެއްގެ މަޑިދަށުން މަސްތުވާތަކެތި ފެނުމާ ގުޅިގެން 24 އަހަރުގެ ޒުވާނަކު ބަންދުކޮށްފިއެވެ. ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޅ.ނައިފަރަށް ނިސްބަތްވާ މުހައްމަދު ޝިރުޔާން އެވެ.

ޝިރުޔާން އިށީނދެ އިން ސައިކަލުގެ މަޑިދަށުން ފެނުނީ ޓްރެފިކިން މިންގަނޑަށް އަރާވަރުގެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށާއި، އެ ސައިކަލުގެ ރިމޯޓު ފެނިފައިވަނީ ވެސް އޭނާގެ އަތުންނެވެ. އެހެންނަމަވެސް، ޝިރުޔާން ބުނެފައިވަނީ އެއީ ކުއްޔަށް ނަގާފައިވާ ސައިކަލެއް ކަމަށެވެ.

މީގެ އިތުރުން، ޝިރުޔާންގެ ކުޑަކަމުދާތަކެތި ޓެސްޓު ކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އޯޕިއަމަށް ޕޮޒިޓިވް ވެފައިވާކަން އައިއޯއިން ފާހަގަކޮށްފައިވެއެވެ. އޭނާގެ މައްޗަށް ކުރެވެނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި ވިޔަފާރިކުރުމުގެ ތުހުމަތެވެ.

ކޯޓުގައި ބަންދަށް ލުޔެއް ދިނުމަށް ޝިރުޔާން އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.