އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ!

އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ!

Author
ހުސައިން
01 އޭޕްރިލް 2025 04:50
0

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ކުންފުނީގެ މުވައްޒަފުންނަށް މަރުޙަބާ ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އެމްޑަބްލިޔުއެސްސީގެ ކުރީގެ އަދި މިހާރުގެ ޚިދުމަތްތެރިންނަށް މަރުޙަބާއާއި ޝުކުރު ދަންނަވާފައިވެއެވެ. މި ކުންފުނި 1995 ވަނަ އަހަރު އުފެދުނީ، އޭރު މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިކަމަށް ޙައްލެއް ހޯދައި، ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުމުގެ މަޤްޞަދުގައެވެ.

މިއަދާ ހަމައަށް އައިއިރު، އެމްޑަބްލިޔުއެސްސީން ވަނީ ރާއްޖޭގެ ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެތައް ކުރިއެރުންތަކެއް ހޯދާފައެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، އެމްޑަބްލިޔުއެސްސީން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.

އެމްޑަބްލިޔުއެސްސީގެ 30 އަހަރުގެ ތާރީޚުގައި، ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށް، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.