ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު 2.9 މިލިއަން ރުފިޔާގެ ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގެންފި

ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު 2.9 މިލިއަން ރުފިޔާގެ ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގެންފި

ގުޅުންހުރި

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 2،913،839.61 ރުފިޔާ ވަނީ ބަލައިގެންފައެވެ. މި އަދަދަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހަށް ބަލާއިރު އެންމެ ގިނަ ޢަދަދެކެވެ.

ޒަކާތު ހައުސްއިން ބުނެފައިވާ ގޮތުގައި ޒަކާތު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ ފުރަތަމަ 20 ދުވަހު ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު ފަހު 1:00 އަށެވެ. ރޯދަ މަހުގެ ފަހު 10 ދުވަހުގައި (23 މާޗް އިން 30 މާޗް އަށް) ހުކުރާއި ހޮނިހިރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް ޒަކާތު ފައިސާ ބަލައިގަނެވޭނެއެވެ.

ރައްޔިތުންނަށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުމަށް ދިރާގު އެޕް، ދިރާގު ޕޭ، އުރީދޫގެ އެމް ފައިސާ، އެމްއައިބީގެ ފައިސާ މޯބައިލް އެކްސް، ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން، ފަހިޕޭ އަދި ފިނޭންސް މިނިސްޓްރީގެ ބަނޑޭރިޕޭ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ.

ޒަކާތު ހައުސްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މާލެ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ