ތޮއްޑޫގައި ބަރަހަނާކޮށް އުޅުނު ފަތުރުވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ތޮއްޑޫގައި ބަރަހަނާކޮށް އުޅުނު ފަތުރުވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Author
ހުސައިން
18 މާރޗް 2025 12:44
0

މާލެ، 18 މާރޗް 2025 – އއ. ތޮއްޑޫގައި ބަރަހަނާކޮށް އުޅުނު ރަޝިއާގެ ފިރިހެން ފަތުރުވެރިއަކު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާ ގުޅިގެން، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 3:00 ގައެވެ. ރިޕޯޓްކުރެވުނީ އއ. ތޮއްޑޫގައި ހުންނަ ގެސްޓްހައުސްއަކަށް އައިސް ތިބި ފަތުރުވެރިންގެ ތެރެއިން މީހަކު، އެރަށުގެ ވަޅުމަގުކޮޅު ބީޗްގައި ބަރަހަނާކޮށް އުޅުނު މައްސަލައެކެވެ.

ފުލުހުން ވިދާޅުވިގޮތުގައި، މި މައްސަލަ ރިޕޯޓްކުރުމާއެކު ވަގުތުން އެ ސަރަހައްދަށް ފުލުހުން ގޮސްފައިވެއެވެ. ނަމަވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އެ ފަތުރުވެރިޔާގެ ފަރާތުން ފުލުހުންނަށް އަނިޔާވެފައިވާ ކަމަށާއި، ފުލުހުންގެ ވެހިކަލަށްވެސް ގެއްލުންވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.

މި ހާދިސާއާ ގުޅިގެން އެ ފަތުރުވެރިޔާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށާއި، މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަތުރުވެރިޔާއަކީ ރަޝިއާއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.