އެޗްޑީސީ ރިސެޕްޝަނުން ހިދުމަތްދޭ ގަޑި ބަދަލުކޮށްފި

އެޗްޑީސީ ރިސެޕްޝަނުން ހިދުމަތްދޭ ގަޑި ބަދަލުކޮށްފި

Author
ޢަލީ އާދަމް
31 ޑިސެމްބަރ 2020 11:40
0

ހައުސިންގ ޑިވެލޮލްމަންޓް ކޯޕަރޭޝަންގެ ރިސެޕްޝަނުން ހިދުމަތްދޭ ގަޑި ބަދަލުކޮށްފިއެވެ.

ކޯވިޑް-19 ރޯގާއިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން 03 އޯގަސްޓުން ފެށިގެން އެޗްޑީސީގެ ރިސެޕްޝަނުންދޭ ހިދުމަތްތައް ދެމުން އައީ ހެނދުނު 9:00ން މެންދުރު 1:00އަށެވެ. ނަމަވެސް އެ ކޯޕަރޭޝަނުން ބުނީ ހަފްތާ ބަންދަށްފަހު އައު އަހަރު މަސައްކަތްތައް ފަށާއިރު ހިދުމަތްދޭ ގަޑިތައް ބަދަލުވާނެ ކަމަށެވެ.

އެޗްޑީސީން ބުނީ އާދީއްތަ ދުވަހުންފެށިގެން ރިސެޕްޝަނުން ހިދުމަތް ލިބޭނެ ގަޑިއަކީ ހެނދުނު 8:00ން މެންދުރުފަހު 15:30 އަށެވެ.

އެޗްޑީސީއަކީ ހުޅުމާލޭގެ ގިނަ މުނިސިޕަލް ހިދުމަތްތަކާއި ހުޅުމާލޭގެ ތަރައްގީގެ ކަންކަން އިންތިޒާމްކޮށް ބަލަހައްޓަމުން ގެންދާ ކޯޕަރޭޝަނެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.