ރަށްރަށުގައި ޤާއިމުކުރެވޭ ކުނި މެނޭޖްމަންޓް ހުރިހާ މަރުކަޒުތަކަށް މިއަހަރު އިކުއިޕްމަންޓް ފޯރުކޮށްދެވޭނެ: މިނިސްޓްރީ

ރަށްރަށުގައި ޤާއިމުކުރެވޭ ކުނި މެނޭޖްމަންޓް ހުރިހާ މަރުކަޒުތަކަށް މިއަހަރު އިކުއިޕްމަންޓް ފޯރުކޮށްދެވޭނެ: މިނިސްޓްރީ

ގުޅުންހުރި

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި ރަށްރަށުގައި ޤާއިމުކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ބޭނުންވާ އިކުއިޕްމަންޓާއި ކުނި އުފުލާނެ އުޅަނދުތައް މިހާރު ނެތް ހުރިހާ ރަށަކަށް މިއަހަރުގެ ތެރޭގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މިނިސްޓްރީން މިކަން ހާމަކުރެއްވީ ރާއްޖޭގެ 75 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ، އާރު.ޑީ.ސީ އަދި ފެނަކަ ކޯޕަރޭޝަނާ ޙަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވީ މި މަސައްކަތަކީ ތިމާވެށީގެ އިތުރުން ލޯކަލް ޓޫރިޒަމަށްވެސް މުހިންމު މަސައްކަތެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްޤީވަމުންދާއިރު ރަށްރަށުގެ ސާފުތާހިރުކަން ވަރަށް މުހިންމު ދައުރެއް އަދާކުރާނެއެވެ.

މިނިސްޓްރީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިހާރު ޖުމްލަ 109 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ ނުވަތަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏަކާ ވަނީ ޙަވާލުކުރެވިފައެވެ. އަދި ބާކީ ހުރި ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް މިނިސްޓްރީން ޤަބޫލުކުރާ މިންގަނޑަށް ޤާއިމުކުރެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓްރީން އިތުރަށް ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، މިއަހަރުގެ ފަހު ކުއާޓަރގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ. މިދިޔަ އަހަރުގެ ތެރޭގައި 17 ރަށެއްގެ މަސައްކަތް ވަނީ ނިމިފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ