މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް ޕީއެންސީގެ ޢަރީޝް އައްޔަން ކޮށްފި

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް ޕީއެންސީގެ ޢަރީޝް އައްޔަން ކޮށްފި

ގުޅުންހުރި

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ޢަރީޝް އައްޔަންކުރެވިއްޖެއެވެ. ޢަރީޝް މަގާމަށް ހޮވުނީ ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވުނު ވޯޓުގައި ބައިވެރިވި 16 މެންބަރުންގެ ފުރިހަމަ އަޣުލަބިއްޔަތުންނެވެ.

ޑެޕިއުޓީ މޭޔަރުކަމުގެ މަޤާމަށް އެއްވެސް ފަރާތަކުން ވާދަކޮށްފައި ނުވާތީ، ފެންނަ ނުފެންނަ ވޯޓަކުން ޢަރީޝް އިންތިޚާބުކުރެވުނެވެ.

ކުރިން މި މަޤާމު ފުރުއްވާފައިވާ އަޙްމަދު ނަރީޝް ވަނީ ޢަރީޝްއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ޑެޕިއުޓީ މޭޔަރެއްގެ ގޮތުގައި މާލެ ސިޓީގެ ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށާއި، ކުރިއަށް އޮތް ކައުންސިލު އިންތިޚާބުގައި ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް ހޯދައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

އަޙްމަދު ނަރީޝް ޑެޕިއުޓީ މޭޔަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އިސްތިއުފާގެ ސަބަބެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ޤައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ޚިދުމަތްކުރުމުގެ ފުރުޞަތެއް ލިބުމާ ގުޅިގެން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ