ރޯދަ ހަދިޔާ 110,000 އަށްވުރެ ގިނަ ގޭބިސީއަށް ފޯރުކޮށްދީފި

ރޯދަ ހަދިޔާ 110,000 އަށްވުރެ ގިނަ ގޭބިސީއަށް ފޯރުކޮށްދީފި

ގުޅުންހުރި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅުގެ ދަށުން، މިއަހަރުގެ ރަމަޟާން މަހަށް ސަރުކާރުން ދެއްވާ ރޯދަ ހަދިޔާ މިހާތަނަށް ރާއްޖޭގެ 110,127 ގޭބިސީއަށް ފޯރުކޮށްދެވިފައިވާ ކަމަށް ސިޓީސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހާމަކުރައްވައިފިއެވެ.

ރޯދަ ހަދިޔާ ބެހުމުގައި ހަރަކާތްތެރިވި ސިޓީސް މިނިސްޓްރީގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ރޭ ބޭއްވި ޚާއްޞަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާ މަސްދަޅު ކޭސް، މާލޭގެ 49,416 ގޭބިސީއަށާއި އަތޮޅުތެރޭގެ 60,711 ގޭބިސީއަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

މާލޭ ސަރަހައްދުގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސިޓީސް މިނިސްޓްރީން ކަމުގައިވިޔަސް، މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވަނީ ސަރުކާރުގެ ކުންފުނިތަކާއި، ސިފައިންނާއި އަދި ފުލުހުންގެ ޚާއްޞަ އެހީތެރިކަމާއެކު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަތޮޅުތެރޭގައި ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރަށްރަށުގެ ކައުންސިލްތަކުންނެވެ.

ޙަފްލާގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ މި އަހަރުގެ ރޯދަ ހަދިޔާ ބެހުމުގައި ޙަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ޝުކުރު އަދާކުރައްވާފައެވެ. ސަރުކާރުން މި އަހަރު ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާ މަސްދަޅު ކޭސް ރާއްޖޭގެ ގިނަ ހިސާބުތަކުގައި މިހާރު ވަނީ ބަހައި ނިންމާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ