އިކޮނޮމިކް މިނިސްޓްރީން ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަޤާމަށް ޝަމްއާ އިސްމާއިލް އައްޔަންކޮށްފި

އިކޮނޮމިކް މިނިސްޓްރީން ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަޤާމަށް ޝަމްއާ އިސްމާއިލް އައްޔަންކޮށްފި

ގުޅުންހުރި

އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަޤާމަށް ޝަމްއާ އިސްމާއިލް އައްޔަންކޮށްފިއެވެ.

ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަޤާމު ހުސްވީ އެ މަޤާމުގައި ކުރިން ހުންނެވި މަރިޔަމް ވިސާމް މި މަހުގެ ފަސްވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްއާ އެ މަޤާމަށް އައްޔަންކުރެއްވިކަން އިޢުލާންކުރައްވައި، ޝަމްއާއަށް މަރުޙަބާ ވިދާޅުވެފައިވެއެވެ.

ޤާނޫނީ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވާފައިވާ ޝަމްއާ ވަނީ 2004 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްއިން ބެޗެލަރ އޮފް ލޯސް ޙާޞިލުކުރައްވާފައެވެ.

ޝަމްއާ ވަނީ 2021 ވަނަ އަހަރު ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމު އަދާކުރައްވާފައެވެ. އަދި އޭގެ ކުރިން އިކޮނޮމިކް މިނިސްޓްރީގެ ލީގަލް ކޮންސަލްޓަންޓެއްގެ މަޤާމުގައި ހުންނެވިއެވެ.

މީގެ އިތުރުން ޝަމްއާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ޑިރެކްޓަރ އޮފް ލީގަލް އެންޑް ޕޮލިސީ އެފެއާޒްގެ މަޤާމާއި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަޤާމުވެސް ކުރިން އަދާކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ