ގަލޮޅު ގެއަކަށް ގެއަކަށް ވަދެ ވެރިފަރާތަށް ބިރުދެއްކި ގްރޫޕެއް ހައްޔަރުކޮށްފި

ގަލޮޅު ގެއަކަށް ގެއަކަށް ވަދެ ވެރިފަރާތަށް ބިރުދެއްކި ގްރޫޕެއް ހައްޔަރުކޮށްފި

Author
ހުސައިން
09 މާރޗް 2025 02:53
0

ގަލޮޅުގައި ހުންނަ ގެއަކަށް ވަދެ، ގޭގެ ވެރިފަރާތަށް ބިރުދައްކައި، ގެއަށް ގެއްލުންދިން ހަތަރު ފިރިހެނުން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 12:45 ހާއިރުއެވެ. ހައްޔަރުކުރެވުނު ފަރާތްތަކުން ގެއަށް ވަނުމުގެ ކުރިން ގޭގެ ވެރިފަރާތަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށާއި، އަދި ގެއަށް ގެއްލުން ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތްތަކަކީ:

  • އއ. މާޅޮސް / ރީތިހިޔާ، 23 އަހަރުގެ މުހައްމަދު އަފްލާހް
  • ނ. ވެލިދޫ / އެލަސް، 21 އަހަރުގެ އިބްރާހިމް އަހްނަފް
  • ނ. މަނަދޫ / ހަވޭލި، 23 އަހަރުގެ މުހައްމަދު އަޒާން
  • ތ. ގުރައިދޫ / ފަޒާ، 21 އަހަރުގެ އަލީ ނަވާފް

ފުލުހުން ވިދާޅުވި ގޮތުގައި މި ހަތަރު މީހުންވެސް ހައްޔަރުކުރެވިފައިވަނީ ކުށުގެ ވެށިންނެވެ. އަދި މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޮންމެ މީހަކުވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ މިހާރު ވަނީ ތަޙުޤީޤީ މަރުޙަލާގައި ކަމަށާއި، އިތުރަށް ތަޙުޤީޤު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.