އިރުތިޝާމް އާދަމް، ފްރާންސްގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

އިރުތިޝާމް އާދަމް، ފްރާންސްގެ ރައީސަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

Author
ހުސައިން
08 މާރޗް 2025 09:19
0

 

ރާއްޖެއިން ފްރާންސަށް ކަނޑައަޅުއްވާފައިވާ ނަން ރެސިޑެންޓް ސަފީރު ޑރ. އިރުތިޝާމް އާދަމް، އިއްޔެ ފްރާންސްގެ ރިޔާސީ ގަނޑުވަރުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންއަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތުގައި ޑރ. އިރުތިޝާމް ވަނީ ދިވެހިރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ދިވެހި ރައްޔިތުންގެ ނަމުގައި ފްރާންސްގެ ރައީސަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި ވިޔަފާރި، އިންވެސްޓްމަންޓް އަދި ސަގާފީ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ޑރ. އިރުތިޝާމް ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ރަސްމިއްޔާތުގައި ސަފީރު އިރުތިޝާމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަންގެ ތާޑް ސެކްރެޓަރީ އާމިނަތު ސަމްރާ ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ޑރ. އިރުތިޝާމް މިހާރު ގެންދަވަނީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރުކަމުގެ މަޤާމުވެސް ފުރުއްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.