ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި

Author
ހުސައިން
03 މާރޗް 2025 10:04
0

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ފަހުން ހަދިޔާކުރަން ނިންމި 10 ޓަނުގެ ކަދުރު ރަސްމީކޮށް ރާއްޖެއާ ހަވާލުކުރީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރާއްޖެއަށް ކަދުރު ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ސައުދީ ސަފީރު މަޓްރެކް އަބްދުالله އަލްއަޖަލީން އަލްދުސާރީއެވެ. ރާއްޖެއިން ކަދުރާ ހަވާލުވެވަޑައިގެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، ކަދުރު ހަދިޔާކުރެއްވުމަކީ ރާއްޖެއާއި ސައުދީއާ ދެމެދު އޮންނަ ގުޅުމުގެ ބަދަހިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މިނިސްޓަރު ވަނީ އެ ގައުމުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

ކުރިން ރޯދަމަހަށް ހާއްސަކޮށްގެން ސައުދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާއިރު، އެ ކަދުރުތައް މިހާރު ވަނީ ބަހައި ނިންމައިފައެވެ. ރާއްޖެއަށް ފުރަތަމަ ލިބުނު ކަދުރުން ކޮންމެ 100 ގެއަކަށް ޖެހެނީ 25 ޕެކެޓް ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދޭ ޖަމިއްޔާތަކަށްވެސް ކަދުރު ބަހައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.