އަނެއްކާވެސް އެމްޑީޕީގެ 2 ކެންޑިޑޭޓަކާއިއެކު 6 ކެންޑިޑޭޓަކު ނަން ނަގައިފި

އަނެއްކާވެސް އެމްޑީޕީގެ 2 ކެންޑިޑޭޓަކާއިއެކު 6 ކެންޑިޑޭޓަކު ނަން ނަގައިފި

Author
މުޙައްމަދު ޝަޒައިމް
31 ޑިސެމްބަރ 2020 01:20
0

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވާ އެމްޑީޕީގެ 2 ކެންޑިޑޭޓަކާއިއެކު، އިތުރު 9 ކެންޑިޑޭޓަކު ނަން އަނބުރާ ނަގައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާގޮތުން ނަން ނެގި އެމްޑީޕީ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށްމަސައްކަތްކުރާ ކޮމިޓީއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރެއްވި މަރްޔަމް ރިޒުމާ (ރިޒޫ) އާއި، ލ. ގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާކޮމިޓީއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރެއްވި ފާޠިމަތު ހުދާ މުޙައްމަދެވެ.

މިބޭފުންގެ އިތުރުން ދެން ނަން ނަގާފައިވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ 4 ކެންޑިޑޭޓެކެވެ. މިއާއިއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދުވަނީ 33 އަށް އަރާފައެވެ. މިއާއިއެކު  އަމިއްލަ ގޮތުން ވާދަކުރާ 16 ކެންޑިޑޭޓެކެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ނަން ނެގީ އެމްޑީޕީ ކެންޑިޑޭޓުންގެ އަދަދުވަނީ 25 އަށް އަރާފައެވެ. ޕީޕީއެމްގެ 13 ކެންޑިޑޭޓަކާއި ޖޭޕިގެ ހަތް ކެންޑިޑޭޓަކާއި އެމްޑީއޭގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލާފައި ތިބި 33 ކެންޑިޑޭޓުންނެވެ. އަދި އަދި މިހާތަނަށް ޖުމްލަ 129 ކެންޑިޑެޓަކު ވަނީ ނަން އަބުރައި ނަގާފައެވެ. ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އަންނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެކަމަކު ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތާއިއެކު އިންތިޚާބް ބޭއްވިދާނެކަމާއިމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.