މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓު ޗުއްޓީ ދުވަސްވަރު ކޮޗިންއާއި ޓްރިވަންޑްރަމަށް ދަތުރުތައް ފަށައިފި

މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓު ޗުއްޓީ ދުވަސްވަރު ކޮޗިންއާއި ޓްރިވަންޑްރަމަށް ދަތުރުތައް ފަށައިފި

ގުޅުންހުރި

މޯލްޑިވިއަންގެ ފުރަތަމަ ވައިޑްބޮޑީ އެއަރކްރާފްޓް، އޭ330 މަތިންދާބޯޓު އިންޑިއާގެ ކޮޗިންއާއި ޓްރިވަންޑްރަމަށް ދަތުރުތަކެއް ފަށައިފިއެވެ. މި ދަތުރުތައް ފަށާފައިވަނީ މިހާރު ހިނގަމުންދާ ޗުއްޓީ ދުވަސްވަރަކަށްވުމާއެކު، ދަތުރުވެރިންގެ ޑިމާންޑް އިތުރުވުމާ ގުޅިގެންކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ކޮޗިންއާއި ޓްރިވަންޑްރަމަކީ ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ގިނަ އަދަދެއްގެ ދިވެހިން ޒިޔާރަތްކުރާ އިންޑިއާގެ މުހިންމު ދެ ސިޓީއެވެ. މީގެ ކުރިން މި ދެ ސިޓީއަށް ދަތުރުކުރަމުން އައީ މޯލްޑިވިއަންގެ އޭޓީއާރު 72 އަދި އެއަރބަސް އޭ320 މަރުކާގެ ބޯޓުތަކުގައެވެ.

މޯލްޑިވިއަނުން އިތުރަށް ވިދާޅުވެފައިވަނީ، ކުރިއަށް އޮތްތަނުގައިވެސް ދަތުރުވެރިންގެ އަދަދު އިތުރުވަމުންދާނަމަ، އޭ330 ބޯޓުގައި ދަތުރުތައް ކުރިއަށް ގެންދާނެކަމަށެވެ.

ގައުމީ އެއަރލައިނަށް މިދިޔަ ޖެނުއަރީ މަހު ގެނައި 264 މީހުންގެ ޖާގައިގެ ވައިޑް-ބޮޑީ މަތިންދާބޯޓާއެކު، މޯލްޑިވިއަން އިން ވަނީ ޗައިނާގެ 3 މަންޒިލަކަށް ސީދާ ދަތުރުތައް ފަށާފައެވެ. މީގެ އިތުރުން، ޔޫރަޕްގެ ގައުމުތަކަށް ދަތުރުތައް ފެށުމަށްޓަކައި ވައިޑް-ބޮޑީގެ އިތުރު ބޯޓެއް ހޯދުމުގެ މަސައްކަތްވެސް ގައުމީ އެއަރލައިނުން ދަނީ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ