ސްމާޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ރަމަޟާން މަހަށްފަހު ސްޓެލްކޯއިން ފަށަނީ

ސްމާޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ރަމަޟާން މަހަށްފަހު ސްޓެލްކޯއިން ފަށަނީ

ގުޅުންހުރި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފައިވާ ގޮތުގައި ރަމަޟާން މަސް ނިމުމުން ސްމާޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ފަށާނެއެވެ.

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ސްމާޓު މީޓާރ ހަރުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓުތައް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށާއި، މިހާރު ސްޓެލްކޯއިން ދަނީ ސްމާޓް މީޓާރ ހަރުކުރުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ މި މަހުގެ ތެރޭގައި ސްމާޓު މީޓަރު ޝިޕްމަންޓް ލިބޭނެ ކަމަށާއި އެންމެ ފުރަތަމަ ސްމާޓު މީޓަރު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހުޅުމާލޭގައި ކަމަށެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި ސްމާޓު މީޓަރު ޕްރޮޖެކްޓާއެކު ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި މި ސްމާޓު މީޓަރުގެ ސަބަބުން ކަރަންޓް ހޭދަވާ މިންވަރު ކަސްޓަމަރުންނަށް އަމިއްލައަށް ބަލާލެވޭނެއެވެ.

މި މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓުތައް ސްޓެލްކޯއިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކުރިއަށް ގެންގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ