މި ރޯދަމަހު ފިތުރު ޒަކާތް ދެއްކުމަށް ގިނަ ވަސީލަތްތަކެއް ތަޢާރަފްކޮށްފި

މި ރޯދަމަހު ފިތުރު ޒަކާތް ދެއްކުމަށް ގިނަ ވަސީލަތްތަކެއް ތަޢާރަފްކޮށްފި

ގުޅުންހުރި

މިއަހަރުގެ ރޯދަ މަހުގައި ޒަކާތު ހައުސްއިން، ފިތުރު ޒަކާތް ދެއްކުމަށް ގިނަ ވަސީލަތްތަކެއް ތަޢާރަފްކޮށްފައިވެއެވެ. ބަނޑޭރި ޕޭ، ފަހިޕޭ، ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕް، މޯލްޑިވްސް އިސްލާމިކް ބޭންކް، އުރީދޫ އެމް ފައިސާ އަދި ދިރާގު އެޕާއި ދިރާގު ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. ބަނޑޭރި ޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރޯދަ މަހުގެ އެންމެފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކައުންޓަރުތަކެއް ވަނީ ހުޅުވާލާފައެވެ. މި ކައުންޓަރުތަކުން މާރިޗު 2 އިން 20 އަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:30 އިން 13:00 އަށް ޒަކާތް ބަލައިގަންނާނެއެވެ. އަދި މާރިޗު 23 އިން 30 އަށް ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި 11:00 އިން 14:00 އަށް ޒަކާތް ބަލައިގަންނާނެއެވެ.

ރަށްރަށުގައި ނަގުދު ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން ކަމަށް ޒަކާތު ހައުސްއިން ހާމަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ