ރޯދަމަހާއި ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން މާލޭގެ ކަރަންޓް ކެޕޭސިޓީ 17 މެގަވޮޓަށް އިތުރު ކުރަނީ

ރޯދަމަހާއި ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން މާލޭގެ ކަރަންޓް ކެޕޭސިޓީ 17 މެގަވޮޓަށް އިތުރު ކުރަނީ

Author
ހުސައިން
23 ފެބްރުއަރީ 2025 01:30
0

ކުރިއަށް އޮތް ރޯދަމަހާއި ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯއިން މާލޭގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ހުޅުމާލޭގައި ކުރިއަށްދާ މި މަސައްކަތުން 17 މެގަވޮޓްގެ ކަރަންޓް އިތުރުކުރެވޭނެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ދައުލަތުގެ މީޑިއާއަށް ވިދާޅުވި ގޮތުގައި މި މަސައްކަތް ތަންކޮޅެއް ލަސްވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބިން ލިބުމުންނެވެ. ނަމަވެސް މަސައްކަތަށް ބޭނުންވާ އިންޖީނާއި، ޓްރާންސްފޯމަރާއި، ކޭބަލް ހުރިކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވި ގޮތުގައި ރޯދަމަހު ކެޕޭސިޓީ ނެތިގެން ކަރަންޓު ކަނޑާލަން ނުޖެހޭނެއެވެ. އަދި ހިދުމަތަށް ބުރޫނާރާނެ ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ސްޓެލްކޯގައި ހުރި ކަމުގެ ޔަގީންކަން ދެއްވިއެވެ. އެހެންނަމަވެސް ޓެކްނިކަލް މައްސަލަތައް ދިމާވެދާނެކަން ވެސް ފާހަގަކުރެއްވިއެވެ.

މި މަސައްކަތް ރޯދަ ފެށުމުގެ ކުރިން ނިންމުމަށް ރޭވިފައިވާކަން ފަހުމީ ފާހަގަކުރެއްވިއެވެ. ރޯދަމަހަކީ ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މޫސުމަކަށް ވުމާއެކު، މި މަސައްކަތުން އިތުރުވާ ކެޕޭސިޓީން އެކަށީގެންވާ ހިދުމަތެއް ފޯރުކޮށްދެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.