ގްރޭޓަރ މާލޭގެ ޕަވަރ ސެކިއުރިޓީގެ ބެކަޕްގެ ގޮތުގައި ގެނެވުނު ޖަނަރޭޓަރުތައް ބެހެއްޓުމުގެ މަސައްކަތް ފަށައިފި

ގްރޭޓަރ މާލޭގެ ޕަވަރ ސެކިއުރިޓީގެ ބެކަޕްގެ ގޮތުގައި ގެނެވުނު ޖަނަރޭޓަރުތައް ބެހެއްޓުމުގެ މަސައްކަތް ފަށައިފި

ގުޅުންހުރި

ސްޓެލްކޯއިން މިއަދު ހާމަކުރި ގޮތުގައި، ޕީކް ހޭންޑްލިންގ އަދި ގްރޭޓަރ މާލޭގެ ޕަވަރ ސެކިއުރިޓީގެ ބެކަޕްގެ ގޮތުގައި ގެނެވުނު ޖަނަރޭޓަރުތައް ބެހެއްޓުމުގެ މަސައްކަތް ވަނީ ފެށިފައެވެ. މި މަސައްކަތުގެ ދަށުން، މިހާރު ވަނީ ޖަނަރޭޓަރުތައް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖެހި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ.

މި މަސައްކަތުގެ ކުރިއެރުން ބެލުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ އާއި ކުންފުނީގެ އެހެނިހެން އިސްވެރިން ވަނީ އެ ސަރަހައްދަށް ޒިޔާރަތްކޮށްފައެވެ. ސްޓެލްކޯ އަދި ފެނަކައިން ފާހަގަކުރާ ގޮތުގައި މިދިޔަ އަހަރުތަކާ އަޅާބަލާއިރު ރަމަޟާން މަހު ކަރަންޓުގެ ބޭނުންކުރުން ވަނީ މައްޗަށް ގޮސްފައެވެ. އަދި ރަމަޟާން މަހުގައި ކަރަންޓުގެ ބޭނުންކުރުން އެންމެ މަތިވާ ވަގުތުތައް އެހެން މަސްމަހާ ތަފާތުވާކަން ވެސް ފާހަގަކުރެއެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓު ބިލުތައް ބޮޑުވާ ކަމުގެ ޝަކުވާތައް އިތުރުވެއެވެ. ޚާއްޞަކޮށް ރަމަޟާން މަހުގައި ކަރަންޓުގެ ބޭނުންކުރުން އިތުރުވުމާ ގުޅިގެން، މިދިޔަ އަހަރުގެ ރަމަޟާން މަހުގައިވެސް ކަރަންޓު ބިލުތައް ބޮޑުވެގެން ގިނަ ފަރާތްތަކުން ޝަކުވާ ކުރިކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ