ޑރ. ޚަލީލް ސްރީލަންކާއަށް ވަޑައިގެންފި

ޑރ. ޚަލީލް ސްރީލަންކާއަށް ވަޑައިގެންފި

Author
ހުސައިން
18 ފެބްރުއަރީ 2025 10:10
0

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގެންފިއެވެ. ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޚަލީލުގެ މި ދަތުރުފުޅަކީ ލަންކާގެ ޚާރިޖީ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރު ވިޖިތަ ހެރާތު ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ.

ޚަލީލަށް ކޮލޮމްބޯ އެއާޕޯޓުން މަރުހަބާ ދެންނެވީ ލަންކާގެ ޚާރިޖީ ވުޒާރާގެ ނައިބު ވަޒީރު އަރުން ހެމަޗަންދުރާއެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކައާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާ ބައްދަލުކުރައްވާނެއެވެ. އަދި ޚާރިޖީ ވަޒީރު ވިޖިތަ ހެރާތުއާއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.

މީގެ އިތުރުން ލަންކާގެ އަމިއްލަ ވިޔަފާރިތަކުގެ ފަރާތްތަކާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލު ބައްލަވައިލެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ޚަލީލްގެ މި ދަތުރުފުޅުގައި އެކުގައި ވަޑައިގަންނަވަނީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީއެވެ. ފާހަގަކޮށްލެވޭ ކަމަކީ މިއީ މިދިޔަ ސެޕްޓެމްބަރު 30 ގައި ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހުން ޚަލީލް ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.