ސްޓެލްކޯ މުވައްޒަފުންނަށް ރޯދަމަހަށް ތައްޔާރު ވުމުގެ ގޮތުން މަޢުލޫމާތު ދިނުމަށް ޚާއްޞަ ސެޝަނެއް ބާއްވައިފި

ސްޓެލްކޯ މުވައްޒަފުންނަށް ރޯދަމަހަށް ތައްޔާރު ވުމުގެ ގޮތުން މަޢުލޫމާތު ދިނުމަށް ޚާއްޞަ ސެޝަނެއް ބާއްވައިފި

Author
ހުސައިން
16 ފެބްރުއަރީ 2025 11:26
0

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން "ރޯދަމަހަށް ފަރުވާތެރިވުން" ގެ ނަމުގައި މުވައްޒަފުންނަށް ޚާއްޞަކޮށްގެން މަޢުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.

ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި މި ސެޝަން ބޭއްވުނީ ކުރިއަށް އޮތް ރަމަޟާން މަހަށް މުވައްޒަފުން ތައްޔާރުކުރުމަށާއި، އިސްލާމްދީނާ މެދު ލޯބި އިތުރުކޮށް، ނަމާދާއި ރޯދައާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.

މި ސެޝަންގައި ބައިވެރިވި މުވައްޒަފުންނަށް ރޯދަ މަހުގެ މުހިންމުކަމާއި، ރޯދައިގެ ޙިކުމަތްތަކާއި، ރޯދަ ހިފުމުގެ ޞައްޙަ ގޮތްތަކާއި، ނަމާދުގެ މުހިންމުކަމާ ބެހޭ ގޮތުން މަޢުލޫމާތު ދެވުނެވެ. އަދި ބައިވެރިންގެ ފަރާތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދާރީވެ، އެކަމާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދެވުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.