ޑރ. ހަލީލް އޮމާންއަށް ވަޑައިގެންފި

ޑރ. ހަލީލް އޮމާންއަށް ވަޑައިގެންފި

Author
ހުސައިން
15 ފެބްރުއަރީ 2025 10:16
0

ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އޮމާންގައި ބޭއްވޭ 8 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގެންފި އެވެ. މި ކޮންފަރެންސަކީ 60 ގައުމެއްގެ އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ.

ފޮރިން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މިނިސްޓަރު ހަލީލް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ އެހެން ގައުމުތަކުގެ އިސްވެރިންނާ އެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރައްވައި، އެ ގައުމުތަކާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާ ކުރާނެކަމަށް ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.