މާލޭގައި ފަހަކަށް އައިސް ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފި

މާލޭގައި ފަހަކަށް އައިސް ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ތިން މީހަކު ހައްޔަރު ކޮށްފި

Author
ހުސެއިން
15 ފެބްރުއަރީ 2025 09:55
0

މާލޭގައި ފަހަކަށް އައިސް ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކުރެވުނު ފަރާތްތަކަކީ 18 އަހަރުގެ މީހަކާއި، 26 އަހަރުގެ މީހަކާއި އަދި 27 އަހަރުގެ މީހެއްކަން ކްރިމިނަލް ކޯޓުން މިއަދު ނެރުނު ކޯޓު އަމުރުން އެނގެއެވެ.

ފުލުހުން ކޯޓަށް ހުށަހެޅި މައުލޫމާތުގައިވާ ގޮތުން، މި ތިން މީހުންނަކީވެސް މާރާމާރީ ރާވައި ހިންގުމުގައި އަމަލީގޮތުން ބައިވެރިވާ ފަރާތްތަކެކެވެ. މި މާރާމާރީތައް ހިންގަނީ ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން ކަމަށާއި، މީގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ލިބިދާނެކަމުގެ ބިރު އޮތްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ތިން މީހުން 7 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދި މި ސިލްސިލާ މާރާމާރީތަކާ ގުޅިގެން މާލޭގެ ގޭންގެއްގެ އިސް މީހަކު މެލޭޝިޔާއިން އައުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހައްޔަރުކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.