ބޭނުން ނުކުރާ 446 އުޅަނދު ނައްތާލައިފި

ބޭނުން ނުކުރާ 446 އުޅަނދު ނައްތާލައިފި

ޑީކޮންޖެޝަން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 446 އުޅަނދު ވަނީ ނައްތާލެވިފައިވާކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ 378 ސައިކަލާއި، 40 ކާރާއި އަދި 28 ބައިސްކަލެވެ.

މިނިސްޓްރީން އެކްސްގައި ހިއްސާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ޕްރޮގްރާމަކީ ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުގެ ސަބަބުން މަގުތަކަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ބޭނުން ނުކުރާ އުޅަނދުފަހަރު ނައްތާލުމާއި، ޓޯ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވެއެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު މާލެ ސަރަހައްދަށް 8،400 ދެފުރޮޅުލީ އުޅަނދާއި 301 ކާރު ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *