ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ކޯލް ސެންޓަރުގެ ހިދުމަތްތައް މެދުކެނޑި

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ކޯލް ސެންޓަރުގެ ހިދުމަތްތައް މެދުކެނޑި

ޓެކްނިކަލް މައްސަލައަކާ ގުޅިގެން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ކޯލް ސެންޓަރުގެ ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑިއްޖެއެވެ. މި މައްސަލައާ ގުޅިގެން އެ މިނިސްޓްރީން އެކްސްގައި ޕޯސްޓެއް ކުރައްވާފައިވެއެވެ.

އަދި މި ވަގުތު މިނިސްޓްރީއާ ގުޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް 1511 އަށް ގުޅުއްވައި ކޯލްބެކް އަކަށް އެދިވަޑައިގަތުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. މައްސަލަ ހައްލުވުމާއެކު ވީ އެންމެ އަވަހަކަށް މިނިސްޓްރީގެ މުވައްޒަފުން ގުޅުއްވާނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *