އަންނަ ރޯދަމަހު ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވިފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އަށް

އަންނަ ރޯދަމަހު ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވިފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އަށް

އިކޮނޮމިކް މިނިސްޓްރީން އިއުލާން ކޮށްފައިވާ ގޮތުގައި މިއަންނަ ރޯދަމަހު ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވިފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ތެރޭގައި މި ތަންތަން ހުޅުވިފައި ހުންނާނީ ފަތިހު 4:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށެވެ.

މިނިސްޓްރީން އިތުރަށް އަންގަވާފައިވާ ގޮތުގައި މި އުސޫލަށް އަމަލުކުރަން ޖެހޭނީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ހިންގާ ކެއިންބުއިމުގެ ތަންތަނުންނެވެ. މީގެ ތެރޭގައި 24 ގަޑިއިރު ހިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވާ ތަންތަން ވެސް ހިމެނެއެވެ.

އަދި މިނިސްޓްރީން ވަނީ މުދާ ވިއްކާ ތަންތަނުގެ ހުޅުވާ ގަޑިތަކަށް ވެސް ބަދަލު ގެނެސްފައެވެ. އެގޮތުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަދި ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވިފައި ބެހެއްޓޭނީ ފަތިހު 5:30 އިން ފެށިގެން މެންދަމު 1:00 އާ ހަމައަށެވެ. މިއަހަރުގެ ރޯދަމަސް ފެށޭނީ މާޗު 1 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *