ރިޔާސީ ބަޔާން 2025: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފެށުމާއެކު، ނަން އިއްވާ ތަޅުމުން ބޭރަށް ނެރެވެންދެން ޖަލްސާ މެދުކަނޑާލައިފި

ރިޔާސީ ބަޔާން 2025: އެމްޑީޕީގެ މެމްބަރުން އިހުތިޖާޖު ކުރަން ފެށުމާއެކު، ނަން އިއްވާ ތަޅުމުން ބޭރަށް ނެރެވެންދެން ޖަލްސާ މެދުކަނޑާލައިފި

Author
ހުސައިން
06 ފެބްރުއަރީ 2025 09:19
0

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިސް ކުރާ މާލަމަށް ވަޑައިގެން، އެމަނިކުފާނާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ރިޔާސީ ބަޔާން އިއްވަން ފެށުމަށްފަހު، މަޖިލިސް ކުރާ މާލަމުގައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރަން ފެށުމާ ގުޅިގެން ރިޔާސީ ބަޔާން އިއްވުން ވަނީ ވަގުތީގޮތުން ހުއްޓާލަންޖެހިފައެވެ. މި ވަގުތު ރައީސް މުއިއްޒު ވަނީ އަނބުރާ އިށީނދެވަޑައިގެންފައެވެ. މަޖިލީހުގެ ރިޔާސަތުން ވަނީ އެމްޑީޕީގެ ގިނަ މެންބަރުންގެ ނަންތައް އިއްވައި، އެ މެންބަރުން މާލަމުން ނުކުމެވަޑައިގަތުމަށް އަންގަވާފައެވެ.

އިހުތިޖާޖު ކުރަމުންދާ އެމްޑީޕީގެ މެންބަރުން އަތުގައި ސަރުކާރާ ދެކޮޅު ބޯޑުތައް ހިފައިގެން ތިބިއިރު، ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާފައި ވެއެވެ. އެހެންނަމަވެސް، މި ވަގުތު މަޖިލީހުގެ ރައީސް ވަނީ މެންބަރުންނަށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާ މަޖިލިސް މެދުކަނޑުއްވާލައްވާފައެވެ.

މަޖިލިސް މެދުކަނޑުއްވާލެއްވީ، އިހުތިޖާޖު ކުރަމުންދިޔަ އެމްޑީޕީގެ މެމްބަރުން މަޖިލިހުގެ ތަޅުމުން ބޭރު ކުރެވެންދެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.