ކައިވެނި އަގުދުކޮށްދޭނެ ޝަރުއީ މަޢުޛޫނުން ހޯދުމަށް ފެމިލީ ކޯޓުން އިއުލާނު ކޮށްފި

ކައިވެނި އަގުދުކޮށްދޭނެ ޝަރުއީ މަޢުޛޫނުން ހޯދުމަށް ފެމިލީ ކޯޓުން އިއުލާނު ކޮށްފި

ކޮންޓްރެކްޓް އުސޫލުން ކައިވެނި އަގުދުކޮށްދޭނެ ޝަރުއީ މަޢުޛޫނުން ހޯދުމަށް ފެމިލީ ކޯޓުން އިއުލާނު ކޮށްފިއެވެ.

މި މަޤާމަށް ބޭނުންވަނީ 12 މީހުންނެވެ. މި މަސައްކަތް ކުރާ ފަރާތްތަކަށް ކޮންމެ ކައިވެންޏަކަށް 250 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށް ކޯޓުން މައުލޫމާތު ދީފައިވެއެވެ.

މި މަޤާމަށް ކުރިމަތިލެވޭނީ ހަމައެކަނި ޝަރުއީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. ފެމިލީ ކޯޓުން އިތުރަށް ހާމަކުރި ގޮތުގައި މި މަޤާމަށް ހޮވޭނެ ފަރާތްތައް ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކާއެކު އިންޓަވިއު ކުރުމަށްފަހުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *