މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެ ތަޢުޒިޔާ ވިދާޅުވި އެންމެހާ ފަރާތްތަކަށް ފަޒްނާ ޝުކުރު!

މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވެ ތަޢުޒިޔާ ވިދާޅުވި އެންމެހާ ފަރާތްތަކަށް ފަޒްނާ ޝުކުރު!

Author
ހުސައިން
04 ފެބްރުއަރީ 2025 08:33
0

ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙުމަދުގެ މަންމާފުޅު، ޒަމީރާ އުމަރު އަވަހާރަވުމާ ގުޅިގެން، އެކަމަނާގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވި އަދި ތަޢުޒިޔާ ވިދާޅުވި އެންމެހާ ފަރާތްތަކަށް ފަޒްނާ ޝުކުރު އަދާކުރައްވާއިފިއެވެ. 81 އަހަރުގެ އުމުރުފުޅުގައި އަވަހާރަވި ޒަމީރާ އުމަރަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބޮޑުދައިތާފުޅު ވެސް މެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފަޒްނާ ވިދާޅުވެފައިވަނީ، ޢާންމުންގެ ބައިވެރިވެ ވަޑައިގެންނެވުމާއި، ހެޔޮ ދުޢާތަކާއި، އޯގާތެރި ބަސްކޮޅުތަކަކީ މި ހިތާމަވެރި ވަގުތުގައި ޢާއިލާގެ ބޭފުޅުންގެ ހިތްޕުޅަށް ލިބުނު ފިނިކަމެއް ކަމަށެވެ. ހުކުރު ދުވަހެއްގެ ވަގުތެއްގައި އަވަހާރަވި ޒަމީރާ އުމަރުގެ މޫނުފުޅު ދެއްކުން އޮތީ ނިމިދިޔަ ހޮނިހިރު ދުވަހުގެ މެންދުރުފަހު ތިނެއްގެ ވަގުތުން ފެށިގެންނެވެ.

އިސްލާމީ މަރުކަޒުގައި މަޣްރިބު ނަމާދަށްފަހު ކުރެވުނު ކަށު ނަމާދަށްފަހު، އެކަމަނާ ވަނީ އާސަހަރާގައި ފަސްދާނުލެވިފައެވެ. ފަޒްނާ ވަނީ މާތްﷲ އަށް ދުޢާ ދަންނަވަމުން، މި ހިތާމަވެރި ވަގުތުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.