އަމާޒަކީ މިއަހަރު އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އެއްލައްކައަށް އެރުވުން: އެމްއެމްޕީއާރުސީ

އަމާޒަކީ މިއަހަރު އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އެއްލައްކައަށް އެރުވުން: އެމްއެމްޕީއާރުސީ

އިންޑިޔާއިން ރާއްޖެއަށް ތިން ލައްކަ ފަތުރުވެރިން ގެނައުމަކީ މިއަހަރުގެ އަމާޒެއްކަމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހާމަކޮށްފިއެވެ.

2019 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އިންޑިއާ ފަތުރުވެރިންގެ އަދަދު އިތުރުވެ، 2020 އިން 2023 އަށް އިންޑިއާ ވަނީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނިފައެވެ. ނަމަވެސް ފާއިތުވި ތިން އަހަރު އިންޑިއާ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. މިގޮތުން 2021 ގައި 291,787 ފަތުރުވެރިން ޒިޔާރަތްކުރިއިރު، 2022 ގައި 241,361 އަދި 2023 ގައި 209,100 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި 2024 ގައި 130,328 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެމްއެމްޕީއާރުސީ އިން ބުނެފައިވަނީ އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު މާކެޓެއް ކަމަށެވެ. އެހެންކަމުން މިއަހަރު އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވެއެވެ. މީގެ ތެރޭގައި ސަމަރ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއަރލައިންތަކާއެކު ކުރިއަށްގެންދާ ކެމްޕެއިންތަކުގެ އިތުރުން ނަން މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއެކު ޕާޓްނަރޝިޕްތައް ގާއިމުކުރުން ހިމެނެއެވެ.

އެމްއެމްޕީއާރުސީއިން ދަނީ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، އެ މިންވަރު ދެމެހެއްޓުމަށްޓަކައި ޚާއްސަ ތަޖުރިބާތަކެއް ފަރުމާކުރުމަށާއި އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންނެވެ. ފަތުރުވެރިކަމާ ބެހޭ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 10,518 އިންޑިއާ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިހާރު އިންޑިއާއަކީ ރާއްޖެއަށް ހަވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *