އައިޖީއެމްއެޗުގެ ސަރޖަރީތައް ހުއްޓާލާފައިވާކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދާ މައުލޫމާތުތަކަކީ ދޮގު މައުލޫމާތު ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެކްސް ޕްލެޓްފޯމުގައި ކުރި ޕޯސްޓެއްގައި އައިޖީއެމްއެޗުން ބުނެފައިވަނީ އެއްވެސް ސަރޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާކަމުގެ ޔަޤީންކަން އާންމުންނަށް ދޭކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކުގައި ފާހަގަކޮށްފައިވަނީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ބައެއް ކޮންސިއުމަބަލްސް އެއްޗެހި ހުސްވެގެން ބައެއް އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް، މިއީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށާއި، މިފަދަ މައުލޫމާތު އާންމުންނަށް އޮޅޭގޮތަށް ފެތުރެމުންދާތީ ނިހާޔަތަށް ކަންބޮޑުވާކަމަށް އައިޖީއެމްއެޗުން ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު، ހޮސްޕިޓަލަށް ބޭނުންވާ އާލާތްތައް ސްޓޮކްގައި ހުރިކަމަށާއި، ކުރިއެކޭ އެއްގޮތަށް ހުރިހާ ސަރޖަރީތަކެއްވެސް ކުރިއަށްދާކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ދޮގު މައުލޫމާތު ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.