އިންޑިއާގެ އާ ބަޖެޓުގައި ރާއްޖެއަށް ދޭ އެހީގެ ގޮތުގައި 1.06 ބިލިޔަން ރުފިޔާ!

އިންޑިއާގެ އާ ބަޖެޓުގައި ރާއްޖެއަށް ދޭ އެހީގެ ގޮތުގައި 1.06 ބިލިޔަން ރުފިޔާ!

އިންޑިއާ ސަރުކާރުން 2025-2026 ވަނަ އަހަރުގެ ބަޖެޓު ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން މި ބަޖެޓު މަޖިލީހަށް ހުށަހެޅީ އެޤައުމުގެ އާންމު އުސޫލާ އެއްގޮތަށް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

އާ މާލީ އަހަރުގެ ބަޖެޓުގައި ދިވެހިރާއްޖެއަށް ދޭ އެހީގެ މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުކޮށްފައެވެ. މިގޮތުން ރާއްޖެއަށް އެހީގެ ގޮތުގައި 600 ކުރޯޑް ރުޕީސް (1.06 ބިލިއަން ރުފިޔާ) ވަނީ ކަނޑައަޅާފައެވެ. މިއީ މިހިނގާ މާލީ އަހަރަށް ވުރެ 200 ކުރޯޑު ރުޕީސް (355 މިލިއަން ރުފިޔާ) އިތުރު އަދަދެކެވެ.

އިންޑިއާގެ މާލީ އަހަރު ފެށޭނީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. ކުރިއެކޭ އެއްފަދައިން މިފަހަރުގެ ބަޖެޓުގައިވެސް ބޭރު ޤައުމުތަކަށް ދޭ އެހީތައް ހިމެނިފައިވެއެވެ. އެގޮތުން ޚާރިޖީ ވުޒާރާގެ ބަޖެޓުގެ ތެރެއިން އެންމެ ބޮޑު އެހީއެއް ދިނުމަށް ހަމަޖެހިފައިވަނީ ބޫޓާނަށެވެ.

އިންޑިއާއަކީ ދިވެހިރާއްޖެއަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ. މިގޮތުން އެޤައުމުގެ އެހީގައި ތިލަފުށި-މާލެ ގުޅާލާ ބްރިޖް އަދި ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން 4000 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

ފާއިތުވި މާލީ އަހަރުގައި އިންޑިއާއިން ރާއްޖެއަށް 400 ކުރޯޑު ރުޕީސް (710 މިލިއަން ރުފިޔާ) ގެ އެހީއެއް ދިނުމަށް ހުށަހެޅި ނަމަވެސް، އެ އަދަދު ވަނީ 470 ކުރޯޑު ރުޕީސް (835 މިލިއަން ރުފިޔާ) އަށް އިތުރުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *