މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލަ ދިމާވެ ހޮޓްލައިން ނަންބަރު މެދުވެރިކޮށް ބުކިން ހެއްދުމަށް އެދިއްޖެ

މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލަ ދިމާވެ ހޮޓްލައިން ނަންބަރު މެދުވެރިކޮށް ބުކިން ހެއްދުމަށް އެދިއްޖެ

މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، އެ އެއާލައިންގެ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.

އެ އެއާލައިންއިން މިއަދު ހާމަކުރި ގޮތުގައި، ބުކިން ސިސްޓަމަށް ދިމާވެފައިވާ މި ޓެކްނިކަލް މައްސަލަ ހައްލުކުރުމަށްޓަކައި މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މި މައްސަލަ ހައްލުކުރެވެންދެން، ކަސްޓަމަރުންނަށް ފްލައިޓް ބުކިންތައް ހެދުމަށް އެ އެއާލައިންގެ ހޮޓްލައިން ނަންބަރު 1671 މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެ އެވެ.

އަދި މިކަމާއި ގުޅިގެން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މާފަށް އެދިފައިވާ ކަމަށްވެސް އެ އެއާލައިންއިން ހާމަކޮށްފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *