ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ސްޓެލްކޯ ގުޅިގެން ހުކުރު މިސްކިތު މުންނާރާ މެދުޒިޔާރަތުގެ އާބާތުރަ ފިލުވަން ފަށައިފި

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ސްޓެލްކޯ ގުޅިގެން ހުކުރު މިސްކިތު މުންނާރާ މެދުޒިޔާރަތުގެ އާބާތުރަ ފިލުވަން ފަށައިފި

Author
ހުސައިން
01 ފެބްރުއަރީ 2025 08:35
0

ރާއްޖޭގެ މުހިންމު އާސާރީ ތަރިކައެއް ކަމުގައިވާ މާލޭ ހުކުރު މިސްކިތާއި މިސްކިތު ގޯތިތެރެ، މުންނާރާ އަދި މެދުޒިޔާރަތުގެ އާބާތުރަފިލުވުމާއި މަރާމާތުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. މި މަސައްކަތަކީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ސްޓެލްކޯ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއްވާގޮތުގައި، ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރޭގައި ހުކުރު މިސްކިތުގެ މުންނާރުގެ އިތުރުން މިސްކިތުގެ ގޯތިތެރެ ސާފުކުރުމާއި މެދުޒިޔާރަތުގެ އާބާތުރަފިލުވުން ހިމެނެއެވެ. އަދި އެސަރަހައްދުގައި ހުރި އެހެނިހެން އާސާރީ ތަންތަނުގެ އާބާތުރަފިލުވުމުގެ މަސައްކަތްވެސް މީގެ ތެރޭގައި ހިމެނެއެވެ.

ހުކުރު މިސްކިތުގެ މުންނާރުގެ މަރާމާތާއި އާބާތުރަފިލުވުމުގެ މަސައްކަތަކީ ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެކުންފުނިން އަބަދުވެސް ކުރަމުން އަންނަ މަސައްކަތެކެވެ. މި މަސައްކަތްތައް ނިންމައި ރަމަޟާން މަހަށް އެސަރަހައްދު ޒީނަތްތެރިކޮށް ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ މުހިންމު އާސާރީ ތަރިކައެއް ރައްކާތެރިކޮށް ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.