އިދިކޮޅު މުޒާހިރާއިން ދައްކުވައިދިނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިސަރުކާރުން ކަށަވަރު ކޮށްދޭކަން: ތަރުޖަމާން

އިދިކޮޅު މުޒާހިރާއިން ދައްކުވައިދިނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިސަރުކާރުން ކަށަވަރު ކޮށްދޭކަން: ތަރުޖަމާން

Author
ހުސައިން
01 ފެބްރުއަރީ 2025 08:24
0

އިދިކޮޅު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މި ސަރުކާރުން ކަށަވަރުކޮށްދޭކަން ދައްކުވައިދޭ ރީތި ނަމޫނާއެއް ކަމުގައި ސަރުކާރުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެގޮތުން ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެއްބާރުލުމާއެކު އިދިކޮޅު ފަރާތްތަކަށް މުޒާހަރާކުރުމުގެ ފުރުސަތު ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤާނޫނު އަސާސީގެ ޙައްޤުތަކަށް އިޙްތިރާމް ކުރައްވާނެކަމުގެ ހެއްކެކެވެ. އަދި ރެއަކީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފަދަ އަސާސީ ޙައްޤުތައް މި ސަރުކާރުން ނަގަހައްޓާނެކަމުގެ ޔަގީންކަން ލިބިދިން ރެއެއް ކަމުގައިވެސް ވިދާޅުވިއެވެ.

މަހެއްހާ ދުވަހުގެ ތައްޔާރީތަކަށްފަހު، ޤާނޫނު އަސާސީގެ ދިފާޢުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ މި މުޒާހަރާގައި އެ ޕާޓީގެ އިސް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެ، މާލޭގެ މަގުތަކުގައި ހިނގާލުން ކުރިއަށް ގެންގޮސްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.