އިޚުތިރާމޭ ކިޔައި ދީނީ މިނިވަންކަމަށް ގޮވަން ބަޔަކު ރާވާ ނަމަ އެކަން ކާމިޔާބެއް ނުވާނެކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބައެއް މީހުން އިސްނަގައިގެން ބޮޑު އޮޅުވާލުމެއްގެ ތެރެއިން ދީނީ ހަރުކަށި ކަމާއި ދެކޮޅު، އެހެން ދީންތަކަށް އިޚުތިރާމް ކުރަންޖެހޭ، ކަމަށްބުނެ މުޒާހަރާ ކުރުމަށް ރާވާރޭވުމަށް އިޝާރާތްކޮށް ޝައިޚު ޒައިދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަކީ އެހެން ދީންތަކަށް އިޚުތުރާމް ނުކުރާ ރައްޔިތަކު އުޅޭ ޤައުމެއް ނޫންކަމަށެވެ. ރާއްޖޭގައި ލޯކަލް ޓުވަރިޒަމްވެސް މިއަދު ފުޅާވެ އަތޮޅު ތެރެއަށްވެސް އެހެން ދީންތަކުގެ ފަތުރުވެރިން ދިޔަ ނަމަވެސް އެމީހުންނާއިބެހި، އަޚްލާޤީ މިންގަނޑުން ބޭރުން ރައްޔިތުންގެ އަަމަލުތައް ނުފެންނަކަމަށެވެ.
ދިވެހިންނަކީ އަބަދުވެސް އެހެން މީހުންނަށާއި، އެހެން ދީންތަކަށް އިޚްތިރާމު ކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ޤައުމަކަށްވާއިރު، އެހެން ދީންތަކުގެ މީހުންނަށް އިޚުތިރާމު ކުރުމުގެ ނަމުގައި އަޑިނޭގޭ އެހެން އެޖެންޑާއެއްގެ ދަށުން ދީނީ މިނިވަންކަމަށް ގޮވަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
Raajje ah ethah touristun aadhey! Dhivehin noolhey ehen dheen thakuge meehunnah ihuthuraam kuda kohgeneh! Adhi gayah bolakah ves naaraa! Dhivehin dhaney ihuthiraam kuran! Ihuthiraamey kiyaa dheeny minivan kamah govan bayaku raavaa nama ekan kamiyabeh nuvaane Insha Allah!
— Ali Zaid (@alizaid1000) December 30, 2020
ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުމާއި ދެކޮޅަށް ދޭތެރެެ ދޭތެރެއިން މުޒާހަރާ ކުރެއެވެ. އަދި ހަރުކަށި ފިކުރަކީ ދީނީ ގިނަ އިލްމުވެރިންވެސް ދެކޮޅު ހަދާ ފިކުރެކެވެ. ހަރުކަށިކުރުގެ ގިނަ ބަޔަކު ރާއްޖޭގައިވެސް މަސައްކަތް ކުރާއިރު، ބައެއް ސިޔާސީ ބޭފުޅުންދަނީ ރާއްޖޭގެ ބައެއް ޢިލްމުވެރިންނަކީ ހަރުކަށި ފިކުރުގެ މީހުންކަމަށް ބުނެ ވާހަކަ ދައްކަވަމުންނެވެ.
ކޮމެންޓު ފޮނުވާ