ހުޅުމާލެ ފޭސް ދޭއްގައި ހިނގި ވައްކަމުގެ ހާދިސާއެއްގައި ގެއްލުނު 2000 ޑޮލަރުގެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލުކޮށްފި

ހުޅުމާލެ ފޭސް ދޭއްގައި ހިނގި ވައްކަމުގެ ހާދިސާއެއްގައި ގެއްލުނު 2000 ޑޮލަރުގެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލުކޮށްފި

Author
ހުސައިން
25 ޖެނުއަރީ 2025 07:00
0

އެއީ ހުޅުމާލެ ފޭސް ދޭއްގައި ހިނގި ވައްކަމުގެ ހާދިސާއެއްގައި ގެއްލުނު 2000 ޑޮލަރުގެ ތަކެތި ހޯދާ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މައްސަލަ ހުށަހެޅުމާއެކު ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަނުން ވަނީ އަވަސް ތަހުގީގެއް ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ހޯދައި، އެފަރާތާ ސުވާލުކުރުމަށްފަހު ގެއްލުނު ތަކެތި ވަނީ އަނބުރާ ހޯދިފައެވެ.

ތަކެތީގެ ވެރިފަރާތުގެ މަޢުލޫމާތު ދިނުމުގައި، މި ތަކެތީގެ ޖުމްލަ އަގަކީ 2000 ޑޮލަރު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ވަގަށް ނެގުނު ތަކެތީގެ ތެރޭގައި ސެންޓުފުޅިތަކަކާއި، އަންނައުނާއި، ބޫޓު އަދި އަވިއައިނު ހިމެނެއެވެ.

މި ހިސާބަށް މައްސަލައިގައި އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.