ޓްރާންސްފޯމަރެއް ވަގަށް ނަގަން އުޅުނު މީހާގެ ބަންދަށް 20 ދުވަސް ޖަހައިފި

ޓްރާންސްފޯމަރެއް ވަގަށް ނަގަން އުޅުނު މީހާގެ ބަންދަށް 20 ދުވަސް ޖަހައިފި

Author
ހުސައިން
21 ޖެނުއަރީ 2025 12:46
0

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޓްރާންސްފޯމަރެއް ވަގަށް ނަގަން އުޅުނު މައްސަލައިގައި ށ. ބިލެތްފަހި، ޗަނބޭލީގެ، އިބްރާހީމް ޒާލިފް (37އ) 20 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ޒާލިފް ވަނީ ޓްރާންސްފޯމަރު ވަގަށް ނެގުމަށް މަސައްކަތްކުރި ވަގުތު ސްޓެލްކޯގެ މުވައްޒަފަކަށް ހަމަލާދީ އަނިޔާކޮށްފައެވެ. މި މައްސަލައިގައި ހެއްކުގެ ގޮތުގައި އަނިޔާ ލިބުނު މުވައްޒަފުގެ ފޮޓޯ އަދި ގެއްލުން ލިބުނު ޓްރާންސްފޯމަރުގެ ފޮޓޯގެ އިތުރުން، ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ބަޔާން ހުށަހެޅިފައިވެއެވެ.

ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، ޒާލިފްއަކީ ކުރިން ވެސް އެކި ކުށްތަކުގައި ބަންދުކުރެވިފައިވާ މީހެކެވެ. މިހާރު އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ ވައްކަމާއި މާރާމާރީގެ ދެ ކުށުގެ ދަޢުވާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.