މާވެޔޮމަގުގެ ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ، މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރިޔަށް: ސްޓެލްކޯ

މާވެޔޮމަގުގެ ސަރަހައްދުތަކުން ވަނީ ކަރަންޓު ކެނޑިފަ، މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރިޔަށް: ސްޓެލްކޯ

Author
ހުސައިން
17 ޖެނުއަރީ 2025 10:55
0

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ދާދި ދެންމެއަކު ހާމަކޮށްފައިވާ ގޮތުގައި މާލޭގެ މާވެޔޮމަގު ސަރަހައްދުން މިވަގުތު ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ. ކަރަންޓު މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ.

ސްޓެލްކޯގެ ފަރާތުން މިކަމާއިގުޅޭ ގޮތުން އެކްސް ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ ކުންފުނީގެ ޓެކްނިކަލް ޓީމްތައް މި މައްސަލަ ހައްލުކުރުމުގެ މަސައްކަތުގައި އަވަދިނެތި ކުރަމުންދާ ކަމުގައެވެ. އަދި ވީހާވެސް އަވަހަކަށް އެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް އަނބުރާ ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

ސްޓެލްކޯއިން އިތުރަށް ފާހަގަކޮށްފައިވަނީ މި ކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ އުނދަގޫތަކަށް މަޢާފަށް އެދޭ ކަމަށެވެ. އަދި މައްސަލަ ހައްލުވުމުން އެކަން ވަގުތުން ރައްޔިތުންނާއި ހިއްސާކުރާނެކަމަށް ސްޓެލްކޯއިން އަންގަވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.