އިސް ބައެއް މެމްބަރުން ޕާޓީ ދޫކުރި ނަމަވެސް، މުސްތަގުބަލް ފެންނަނީ އުޖާލާކޮށް: ދަ ޑިމޮކްރެޓްސް

އިސް ބައެއް މެމްބަރުން ޕާޓީ ދޫކުރި ނަމަވެސް، މުސްތަގުބަލް ފެންނަނީ އުޖާލާކޮށް: ދަ ޑިމޮކްރެޓްސް

Author
ހުސައިން
12 ޖެނުއަރީ 2025 07:36
0

ދަ ޑިމޮކްރެޓްސްގެ އިސް މެންބަރުން ޕާޓީ ދޫކުރައްވާފައިވާ ކަމުގައި ވީނަމަވެސް، ޕާޓީގެ މުސްތަގުބަލު އޮތީ އުޖާލާކޮށް ކަމަށް ޕާޓީން މިއަދު ވިދާޅުވެއްޖެއެވެ.

މި ބަދަލުތަކުގެ ތެރޭގައި، ޕާޓީގެ ރައީސް ހަސަން ލަތީފް އަދި ނައިބު ރައީސް މުހައްމަދު ޝިފާޒުގެ އިތުރުން، ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕާޓީގެ ރަނިންމޭޓަށް ކުރިމަތިލެއްވި ހުސައިން އަމްރު ވަނީ ޕާޓީން ވަކިވެވަޑައިގެން، އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

މި ކުއްލި ބަދަލުތަކާ ގުޅިގެން މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި، ޕާޓީގެ އިސް މެންބަރު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ވަނީ ހަސަން ލަތީފް އަދި މުހައްމަދު ޝިފާޒުގެ އިސްތިއުފާ ލިބިފައިވާކަން އިއުލާންކުރައްވައިފައެވެ. އެ ދެ ބޭފުޅުން ޕާޓީއަށް ކުރައްވާފައިވާ ޚިދުމަތްތަކަށް އިންތި ޝުކުރު އަދާކުރައްވާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.