ހުވަދުއަތޮޅުގެ ނުވަ ރަށަކަށް ކުރެއްވި ދަތުރުފުޅު ރައީސް ނިންމަވާލައްވައިފި

ހުވަދުއަތޮޅުގެ ނުވަ ރަށަކަށް ކުރެއްވި ދަތުރުފުޅު ރައީސް ނިންމަވާލައްވައިފި

Author
ހުސައިން
09 ޖެނުއަރީ 2025 03:39
0
ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވަދުއަތޮޅުގެ ނުވަ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ ގދ. އަތޮޅުގެ ފަސް ރަށަކަށާއި، ގއ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން ގދ. އަތޮޅުން ރައީސް ވަޑައިގަތީ ހޯނޑެއްދޫ، ނަޑެއްލާ، ވާދޫ، ފިޔޯރީ އަދި ރަތަންފަންދޫއަށެވެ. ގއ. އަތޮޅުން އެމަނިކުފާނު ވަޑައިގަތީ، ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދޫއަށެވެ.

ހުވަދުއަތޮޅަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަޑައިގެންނެވި ނުވަ ރަށުގެވެސް ރައްޔިތުންނާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފަ އެވެ.

ރައީސްގެ މިދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރިން ވަނީ ގއ. ކޫއްޑޫގައި މިފްކޯއިންހިންގާ ބައެއް އޮޕަރޭޝަންތައް ކުރިއަށްދާގޮތް ބައްލަވާލައްވައި، މަސްވެރިންނާއިވެސް ބައްދަލުކުރައްވާފަ އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް ދަތުރުފުޅެއް ފެއްޓެވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މި ދަތުރުގެ ތެރެއިން އެ މަނިކުފާނަށް މިހާރު ވަޑައިނުގެންނެވި އޮތީ ވަރަށް މަދު ރަށަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.