ހުޅުމާލެ ފޭސް 2ގައި ޕާކް ކޮށްފައި އޮތް ޓެކްސީއެއްގައި ރޭ މެންދަމު އަލިފާން ރޯވެއްޖެ

ހުޅުމާލެ ފޭސް 2ގައި ޕާކް ކޮށްފައި އޮތް ޓެކްސީއެއްގައި ރޭ މެންދަމު އަލިފާން ރޯވެއްޖެ

Author
ހުސައިން
25 ޑިސެމްބަރ 2024 10:07
0

ރޭ މެންދަމު ހުޅުމާލެ ފޭސް 2ގައި ޕާކް ކޮށްފައި އޮތް ޓެކްސީއަކަށް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުނީ ރޭ 03:36 ހާއިރުގައެވެ. މަޢުލޫމާތު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް، ޓެކްސީއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ފުލުހުން މިހާތަނަށް ނުބުނާ ގޮތުގައި މި ޓެކްސީގައި އަލިފާން ރޯވީ ކަމެއް ނުވަތަ ބަޔަކު ރޯކޮށްލީ ކަމެއް އަދި ސާފެއް ނޫނެވެ. މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.