އަލިފާނުގެ ހާދިސާއާއި ގުޅިގެން މަސްވެރިންގެ ދުވަހުގެ ޖަލްސާ ފަސްކޮށްފި

އަލިފާނުގެ ހާދިސާއާއި ގުޅިގެން މަސްވެރިންގެ ދުވަހުގެ ޖަލްސާ ފަސްކޮށްފި

Author
ހުސައިން
12 ޑިސެމްބަރ 2024 10:01
0

މިއަދު ހައުސިންގ މިނިސްޓްރީގެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާ ފަސްކުރަން ޖެހިއްޖެއެވެ.

މި ހާދިސާގައި ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތް ވަނީ އަލިފާނުގެ ސަބަބުން މުޅިން ހުލިވެފައެވެ. ކުރިން މާދަމާ ރޭ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގެ އައު ތާރީޚެއް ކަނޑައަޅައި، ދައުވަތު އަރުވާފައިވާ ފަރާތްތަކަށް އަންގާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.