ޑރ. ހަލީލް އޮމާންގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވައިފި

ޑރ. ހަލީލް އޮމާންގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވައިފި

Author
ހުސައިން
12 ޑިސެމްބަރ 2024 09:32
0

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އޮމާނަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު ސައްޔިދު އަސްއަދު ބިން ތޯރިގު އަލް-ސައީދުއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ދިވެހި ރައްޔިތުންގެ ނަމުގައި އޮމާންގެ އިސް ވެރިންނާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި އޮމާން ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށް ރިއާޔަތްކުރައްވައި، ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތަކުގައި އޮމާނުން ވެދެއްވި އަގުހުރި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

އޮމާންގެ ބޮޑުވަޒީރުގެ ނައިބު ވަނީ މިނިސްޓަރު ހަލީލަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވައި، ދެ ގައުމު ގުޅިގެން މަސައްކަތްކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.