ސީރިއާގެ ދިމިޝްޤު 'މިނިވަންވެއްޖެ' ކަމަށް އިއުލާނުކޮށް، އަސަދު ފިއްލަވައިފިކަމަ ބުނެފި

ސީރިއާގެ ދިމިޝްޤު 'މިނިވަންވެއްޖެ' ކަމަށް އިއުލާނުކޮށް، އަސަދު ފިއްލަވައިފިކަމަ ބުނެފި

• ސީރިއާގެ އާބާދީ ބޮޑު ވެރިރަށް ދިމާޝްޤަށް ވަނީ އަރައިގަނެވިފައިކަމަށް އަސަދުގެެ ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރަމުންްދާ އިދިކު ފަރާތްތަކުންް ބުނެއެވެ. އަދި މި ކުރިއެރުމާ ގުޅޭގޮތުން މަޢުލޫމާތު ދިން ފަރާތްތަކުންް ސީ.އެން.އެންއަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިދިކޮޅު ފަރާތްތަކުން ވަނީ ވެރިރަށުގެ މުހިންމު ހިސާބުތައް ހިފާފައެޗެ. "ސިފައިންގެ ގޮތުން ބަލާއިރު، ދިމާޝްޤު ވަނީ ވެއްޓިފައެވެ،" މި މަސްދަރު ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކުން  ސީރިއާހެ އެކި ކަންކޮޅުތަކަށް ވަރަށް ހަލުވިކަމާއެކު ކުރިއަށްދިޔުމަށްފަހުގައެވެ.

• ބަޝާރް އަލް އަސަދު ވަނީ ދިމާޝްޤުން ފިލައިގެން ގޮސްފައިކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސީރިއާގެ ރައީސްގެ އޮފީހާއި އީރާނީ އޮފިޝަލުން ކުރިން ބުނެފައިވަނީ އޭނާ ވެރިރަށުން ނުދާކަމަށެވެ. އެމެރިކާގެ އޮފިޝަލުން ސީ.އެން.އެންއަށް ބުނެފައިވަނީ އޭނާގެ ވެރިކަން އަވަހަށް ވެއްޓިދާނެކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި އަސަދުގެ ވެރިކަމުގެ އިސް ސިފައިންގެ އޮފިސަރުންނާއެކު މަޝްވަރާކުރެވެމުންދާ ކަމަށާއި، އެފަރާތްތައް އަސަދުގެ ފަރާތުން ވަކިވުމަށް ވިސްނަމުންދާކަމަށެވެ.

• ހަލަބު ހިފުމަށްފަހު ހަފްތާއެއްހާ ދުވަސް ފަހުން، ސީރިއާގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ ހޮމްސް ވަނީ "ފުރިހަމައަށް މިނިވަންކުރެވިފައި" ކަމަށް ސީރިއާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އަރަބި ސްޕްރިންގގެ ދުވަސްވަރު، ދިހަ އަހަރަށްވުރެ ގިނަ ދުވަސްކުރިން މި ސިޓީގައި ހިނގި ޑިމޮކްރަސީއަށް ތާއީދުކުރި މުޒާހަރާތަކުގައި ފެނުނުފަދަ މަންޒަރުތަކެއް މިހާރު ވެސް ފެންނަމުންދެއެވެ. އެގޮތުން ރައްޔިތުން  އަސަދުގެ ފޮޓޯތައް ނަގައި، އެ ފޮޓޯތައް ވީދާ ވައްޓާލަމުންދާތަން ދަނީ ފެންނަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *