ދިވެހިންނަށް ތަޖިކިސްތާނުން 30 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭގޮތަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދާއި، ތަޖިކިސްތާނުގެ މަންދޫބު ހިކްމަތު ޖޮނިބެކް އިސްމޮއިލްއެވެ.
މިހާރުވެސް ދެ ޤައުމު ދެމެދު ޢަމަލުކުރަމުންދާ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން ތަޖިކިސްތާނަށް 30 ދުވަހުގެ މުއްދަތަށް ވިސާ ލިބެމުންދިޔަ ނަމަވެސް، މި އެއްބަސްވުމާ އެކު އެކަން ރަސްމީ ސިފައެއްގައި އޮންއެރައިވަލް ވިސާގެ ގޮތުގައި ހަމަޖެހިގެންދާނެއެވެ.
ދިވެހި ޕާސްޕޯޓް ހޯލްޑަރުންނަށް މިހާރުވެސް 60 އަށްވުރެ ގިނަ ޤައުމަށް ވިސާއަކާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ލިބިފައި އޮވެއެވެ.
ކޮމެންޓު ފޮނުވާ