ކަނޑުހުޅުދޫގައި ހިންގި މާރާމާރީއެއްގައި އެކަކުގެ ހާލު ސީރިއަސް، މާލެ ގެންނަނީ

ކަނޑުހުޅުދޫގައި ހިންގި މާރާމާރީއެއްގައި އެކަކުގެ ހާލު ސީރިއަސް، މާލެ ގެންނަނީ

Author
އަހުމަދު
24 ނޮވެމްބަރ 2024 12:36
0

ގއ. ކަނޑުހުޅުދޫގައި ރޭ ހިންގި މާރާމާރީއެއްގައި އެކަކުގެ ހާލު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނައުމަށް ހަމަޖެހިއްޖެއެވެ.

ފުލުހުން ބުނީ ކަނޑުހުޅުދޫގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިންގި މައްސަލައެއް ރޭ ރިޕޯޓުކުރި ކަމަށެވެ. މާރާމާރީގައި އެ ދެ މީހުންނަށް ވެސް އަނިޔާވި އިރު، އެއީ 37 އަހަރުގެ ދިވެހި ފިރިހެނަކަށާއި 40 އަހަރުގެ ދިވެހި ފިރިހެނަކެވެ.

އެ ދެ މީހުންނަށް މިހާރު ފަރުވާ ދެމުން އަންނަނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައެވެ.

މާރާމާރީގައި ޒަހަމްވި އެކަކުގެ ކޮނޑު ކަށިގަނޑާއި ހަމައިން ދެ އިންޗިއެއްހާ ތަން ކަފައިގެން ގޮސް، އޭނާގެ ގައިގެ އެކި ތަންތަނުގައި ޒަހަމްތައް ހުއްޓެވެ. އަދި ދެވަނަ މީހާގެ ބޮލުގެ ބައެއް ވަރަށް ބޮޑަށް ކަފައިގެން ގޮސް، އޭނާގެ ބޮލުގެ ނާށިގަނޑު ވެސް ހުރީ ބޭރަށް ފެންނާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިންސާނާ
ދޮގަކަސް ނުންކުން
އ އިންސާނާ
އެހެންމޭ ދޮގޯ ނުން
ރ ރުޅި ގަނޑު
ކަނޑުހުޅުދޫގެ ފޮޓޯއެއް ނެތިއްޔާ ގޫގުލް އާރތުން ނަމަވެސް ހޯދާފަ ރަނގަޅު ފޮޓޯ ޖަހާބަލަ. ކޮންމެހެން ކޮލަމާފުށީގެ ފޮޓޯ ޖަހާނެ ކަމެއް ނެތް..!