ކުޑަކުއްޖަކާ ބެހުނު މީހަކު މިނިވަންކުރިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ކުޑަކުއްޖަކާ ބެހުނު މީހަކު މިނިވަންކުރިކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

Author
ހުސެއިން
23 ނޮވެމްބަރ 2024 12:10
0

ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށް ސާބިތުވެ ޖަލަށްލެވުނު ހއ. ހޯރަފުށީ އަންދަލީބުގެ ހާޝިމް އަބޫބަކުރު މިނިވަންކޮށްލި ކަމަށް ފެތުރެމުންދާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

2022 އިން ފެށިގެން ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ހާޝިމަށް ވަނީ އުނަގަނޑުގެ ބައްޔަކަށް ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ އޮގަސްޓު 5 ވަނަ ދުވަހު ދީފައެވެ. މިހާރު އޭނާ ވަނީ މާލެ އައިސް، ޑޮކްޓަރުގެ ލަފާގެ މަތިން ވަގުތީގޮތުން ގޭބަންދުގައި ބެހެއްޓިފައެވެ.

ކަރެކްޝަނުން ބުނެފައިވަނީ އާންމު އުސޫލުން އޭނާ މޮނިޓަރކޮށް ބަލަހައްޓަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.