ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިވަޑައިގެންފިއެވެ.
މި އެވޯޑް ފަހުމީ އަށް ލިބިވަޑައިގަތީ "އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް 2024″ އިންނެވެ. މިއީ މެލޭޝިއާގެ މޯސް ގްރޫޕުން އިންތިޒާމްކޮށްގެން ދޭ އެވޯޑެކެވެ. ފަހުމީ އަށް މި އެވޯޑް ލިބިވަޑައިގަތީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުންޏާއި އެނާޖީ ސެކްޓާގެ ކުރިއެރުމަށް ކޮށްދެއްވާ މަސައްކަތްތަކާ ގުޅިގެންނެވެ.
ސްޓެލްކޯ އިން ގެންދަނީ 60،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ފަހުމީ އެންމެ ފުރަތަމަ ސްޓެލްކޯއާ ގުޅިވަޑައިގަތީ 1998 ވަނަ ގައެވެ. އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ވަޒީފާއެވެ. އޭގެ ފަހުން ބިޒްނަސް ޑިވެލޮޕްމަންޓް، ޕްރޮކިއުމަންޓް، ކަސްޓަމާ ސާވިސްއާ ގުޅުން ހުރި އެކިއެކި ވަޒީފާތައް ވަނީ އަދާކުރައްވައިފައެވެ.
ފަހުމީ ވަނީ ދެ ދާއިރާއަކުން މާސްޓާސް ޑިގްރީ ވެސް ހާސިލް ކުރައްވައިފައެވެ. އެއީ އެކައުންޓަންސީ ދާއިރާ އާއި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ. އޭނާ އެނާޖީ ސެކްޓާއަށް ހިދުމަތް ކުރާތާ މިހާރު 26 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
މި އެވޯޑު މީގެކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި ހަސަން މުގުނީ އަށް ވެސް ލިބިވަޑައިގެންނެވިއެވެ.