ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމްއަށް މަރުތޭލަކުން ހަމަލާދިން މައްސަލައިގައި ތުހުމަތުކުރެވޭ 7 މީހުންގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކަށް އެންމެން ވެސް އިންކާރުކޮށްފިއެވެ. މި މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއެވެ.
ޖެނުއަރީ 31 ވަނަ ދުވަހު ޝަމީމް ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި ގެއަށް ވަޑައިގަންނަވަނިކޮށް ގޭ ދޮރުމަތީގައި ސައިކަލެއްގައި އައި ދެ މީހަކު މަރުތޭލަކުން ހަމަލާދިނެވެ. މި ހަމަލާގައި ޝަމީމްގެ ވައަތު އުޅަނބޮށިން ތިރީގެ ބައެއް ކަށިތަކުގައި ރެނދުލައި، އޭނާއަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދީފައިވެއެވެ.
މައްސަލަ ބައްލަވާ ގާޒީ ވަނީ ތުހުމަތުކުރެވޭ މީހުންނަށް މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ