ކައުންސިލްތަކަށް ދެމުންދާ ބްލޮކް ގްރާންޓްގެ ފޯމިއުލާ އަލުން މުރާޖަޢާކުރަން ހުށަހަޅައިފި

ކައުންސިލްތަކަށް ދެމުންދާ ބްލޮކް ގްރާންޓްގެ ފޯމިއުލާ އަލުން މުރާޖަޢާކުރަން ހުށަހަޅައިފި

Author
ހުސައިން
14 ނޮވެމްބަރ 2024 06:45
0

ކައުންސިލްތަކަށް ދެމުންދާ ބްލޮކް ގްރާންޓްގެ ފޯމިއުލާ އަލުން މުރާޖަޢާކުރަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފިއެވެ. އޮޑިޓް އޮފީހުން މިކަން ހުށަހަޅާފައިވަނީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައެވެ.

އޮޑިޓް އޮފީހުން ފާހަގަކުރި ގޮތުގައި ބައެއް ކައުންސިލްތަކަށް އަމިއްލައަށް އާމްދަނީ ހޯދޭނެ ގިނަ ފުރުސަތުތަކެއް އެބަހުރެވެ. އަދި ބައެއް ކައުންސިލްތަކުގެ އެކައުންޓުތަކުގައި ވެސް ގިނަ އަދަދެއްގެ ފައިސާ ހުރިކަން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ކައުންސިލްތަކުން އާމްދަނީ އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

ދައުލަތުގެ މާލީ ހާލަތު ދަށްވަމުންދާއިރު، ކައުންސިލްތަކުގެ މާލީ ހާލަތާއި އާމްދަނީ ހޯދުމުގެ ފުރުސަތުތަކަށް ރިޢާޔަތްކޮށް، ހަމަހަމަ އުސޫލަކުން ބްލޮކް ގްރާންޓް ދިނުމަކީ މުހިންމު ކަމެއްކަމަށް އެ އޮފީހުން ދެކެއެވެ. މި ހުށަހެޅުން ހުށަހަޅާފައިވަނީ އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ގާނޫނީ މިންވަރަށްވުރެ މަދުން ބްލޮކް ގްރާންޓް ދިނުމަށް ހުށަހަޅާފައިވާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. މި މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީ ކޮންޓިންޖެންސީ ބަޖެޓުން މަދުވާ އަދަދު ހަމަކުރުމަށް ހުށަހަޅުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.